ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 49 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ހަދައި ހިންގަންފަށާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 13 ވަނަ ބާބު އިތުރުކުރައްވައި އެބާބުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފެދިފައިވާ ޕްރައިވަޓައިޒޭޝަން ކޮމިޓީއަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މި ކޮމިޓީގެ ޗެއަރޕަރސަންކަމަށް ހަމަޖައްސަވާފައިވަނީ މއ. މާދެލި އަލްފާޟިލް މަޙްމޫދު ރާޒީ އެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުން މިދަންނަވަނީއެވެ.
1. އަލްއުސްތާޛު މުޙަންމަދު ޝަހުދީ އަންވަރު މ. ބްލޫސްޓޯން
2. އަލްފާޟިލް މިފްޒާލް އަޙްމަދު މއ. ފަންވަތް
3. އަލްފާޟިލް މައިޒާން އާދަމް މަނިކު ހ. މެރީސައިޑް
4. އަލްފާޟިލް މުޙަންމަދު ޢާދިލް ސަލީމް ހ. މާދިލް
5. އަލްފާޟިލް ޢަލީ ޝިޔާމް ސ. މަރަދޫފޭދޫ/އަލަނާސިގެ
6. އަލްފާޟިލް އަޙްމަދު އިނާޒް މ. ގުޑްނެސް
7. އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު މއ. ޑޯންޝައިން
8. އަލްފާޟިލް ޙަސަން ޒާހިރު މ. ރަންފަސް
9. އަލްފާޟިލާ ޖުވައިރިޔާ ސަޢީދު މއ. ކޮށީގެ
10. އަލްފާޟިލާ ފާޠިމަތު މުޢާޒާ ގ. ކަނޑުވައިގެ