ސަރުކާރުން ހިންގަވަން ހަމަޖައްސަވާފައިވާ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢާއި، ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އިތުރު ތަފްޞީލު، މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، މާދަމާ ހެނދުނު 7.15 ގައި އެމަނިކުފާނު މިދެއްވާ ރޭޑިއޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު ނެގުނު ވޯޓުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ. އަދި ސަރުކާރުން ކުރައްވާ އެކިއެކި ކަންކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މުލީއާގެއިން ކުރެއްވި ސަރވޭއެއްގެ ނަތީޖާގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.