ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ކޮމަންވެލްތްގެ ޤައުމުތަކުގެ އެންމެ އިސްވެރިންނަށް އިނގިރޭސިވިލާތުގެ ރާނީ ހަރ މެޖެސްޓީ ކުއީން އެލިޒަބަތު ދަ ސެކަންޑް ގެ ފަރާތްޕުޅުން ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. ރާނީގެ ފަރާތްޕުޅުން މިޖާފަތުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތުގެ ވަލީއަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް އޮފް ވޭލްސްއާއި ޑަޗަސް އޮފް ކޯންވޯލްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުން މިބާއްވަނީ ކޯވިޑް-19ގެ އާލަމީ ވަބާ އާއި ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ.