ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާގޮތުން ރާއްޖެ މިހާރުވަނީ 53 ދަރަޖަ ކުރިއަށް ޖެހިފައެވެ. ވޭތުވެދިޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީވެސް ރާއްޖެއެވެ. ކުރިން ރާއްޖެ އޮތީ 104 ވަނައިގައެވެ.

މިއީ، ރާއްޖޭގެ ނޫސްވެރިކަމުގެ ތާރީޚުގައި ލިބުނު ވަރަށް މުހިންމު ކާމިޔާބީއެކެވެ. އަދި މިއީ، ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް ހަރުދަނާކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގެންގުޅުއްވަމުން ގެންދަވާ ސިޔާސަތު ތަމްސީލުވެގެންދާ ކަމެއްވެސްމެއެވެ.