ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގެ އިތުރު ތަފްޞީލު ދެއްވާނެއެވެ. އަދި އިންޑިޔާ ސަރުކާރުން ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތް ގުޅުމުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

މީގެ އިތުރުން، ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމުގެ މައްސަލައިގައި ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދާތީ، އެ ސްކޫލު ޕްރައިވަޓައިޒް ކުރެއްވުމުގެ ކަންތައް އޮތްގޮތްވެސް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކޮށްދެއްވާނެއެވެ.