އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ދެބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މިގޮތުން ހުށަހެޅުއްވި ދެ ބޭފުޅުންނަކީ، ދަފްތަރު ނަންބަރު 1851 އަލްފާޟިލް ޢަލީ މުޙަންމަދު މަނިކާއި، މާފަންނު ހަޒާރީވިލާ އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަނެވެ.

މި ދެބޭފުޅުންނަކީ، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ދެނަމެއް ހުށަހެޅުއްވުމަށްޓަކައި އިތުރު ނަންތަކެއް ހޯއްދެވުމަށް 2 ސެޕްޓެމްބަރ 2009ން 10 ސެޕްޓެމްބަރ 2009އާ ދެމެދު ފުރުސަތު ހުޅުއްވާލެއްވުމާ ގުޅިގެން، އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުންނެވެ.