ޤާނޫނު ނަންބަރު 2021/26 (ޤާނޫނު ނަންބަރު 2016/3 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) އުވާލުމުގެ ޤާނޫނު)ގެ 1 ވަނަ މާއްދާގައި، ޤާނޫނު ނަންބަރު 2021/26 އަށް ޢަމަލުކުރަން ފެށުމާއެކު ޤާނޫނު ނަންބަރު 2016/3 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) އުވުނީކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނު ނަންބަރު 2016/3 (މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަވައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ"، 2021 ޑިސެންބަރު 13 ވަނަ ދުވަހުން ފެށިގެން އުވައިލައްވައި، އެ އިދާރާއިން ކުރަމުންދިޔަ މަސައްކަތްތައްމިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ކުރަމުންދާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދާ ރީޖަނަލް އެއައރޕޯޓްސްއިން ކުރަމުންދިޔަ މަސައްކަތްތައް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް ބަދަލުކުރުމުގެ މަރުހަލާ ނިމިފައިވާތީ، ރީޖަނަލް އެއައރޕޯޓްސް މިއަދުން ފެށިގެން އުވައިލައްވައި، އެ އިދާރާއިން ކުރަމުންދިޔަ ރެގިއުލޭޓަރީ މަސައްކަތްތައް މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރާގޮތަށް ހަމަޖައްސަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.