އިންޑޮނީޝިއާގެ ސުމަޓްރާއަށް އިއްޔެ އައި ބިންހެލުމެއްގައި، އެތައް ބަޔަކު މަރުވެ، ތަންތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑޮނީޝިއާގެ ރައީސް ސުސިލޯ ބަމް ބަންގ ޔުދޮޔޮނޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ޔުދޮޔޮނޯއަށާއި، އިންޑޮނީޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށްވެސް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.