އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމަށް ޤަޠަރުގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލްޘާނީ ވިދާޅުވެއްޖެއެވެ. ޤަޠަތުގެ އަމީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އ.ދ. ގެ މައި މަރުކަޒުގައި ހުންނަ ޤަޠަރުގެ ޕަރމަނަންޓް މިޝަންގައި، ރާއްޖޭގަޑިން މިރޭ 7.30ގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޤަޠަރާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ޤަޠަރުގެ އަމީރުގެ ވާހަކަފުޅުގައި، އިޤްތިޞާދާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެއާއި ޤަޠަރާ ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވިދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.