ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އ.ދ. މަޖިލީހުގެ ޢާންމު ބައްދަލުވުމުގައި މިރޭ ތަޤްރީރު ކުރައްވާނެއެވެ. އެމަނިކުފާނު ތަޤްރީރު ކުރައްވާނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު، ނިއުޔޯކް ގަޑިން މިއަދު މެންދުރުފަހު 3 ޖަހާއިރު ފަށާ ބައްދަލުވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނީ 12 ވަނަ އަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގަޑިން މިރޭ މެންދަމު 1.00އާއި 2.00އާ ދެމެދުގެ ވަގުތެއްގައެވެ.