ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ލަކްސްލޮޖް މަހްދީ ޢިމާދެވެ. މަހްދީ ޢިމާދު މިމަގާމަށް ޢައްޔަން ކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. އޭނާ މީގެކުރިން ހުންނެވީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ.