އިއްޔެ ފެށުނު އ.ދ.ގެ 64 ވަނަ ޢާންމު ޖަލްސާ ހުޅުވުމުގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

މިޖަލްސާގައި މިއަދު މެންދުރުކުރީގެ އެއްދަންފަޅީގެ ރިޔާސަތު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބަލަހައްޓަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އ.ދ.ގެ 64 ވަނަ ޢާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ވެރިންގެ ޝަރަފްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވި ރިސެޕްޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ ރޭ ބައިވެރިވެވަޑައިގެންނެވިއެވެ. ޤައުމުތަކުގެ ވެރިންގެ ޝަރަފްގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން އިއްޔެ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.