އެމެރިކާގެ ކުރީގެ ރައީސް މިސްޓަރ ބިލް ކްލިންޓަނަށް ނިސްބަތްވާ، ކްލިންޓަން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ، ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވްގެ އަހަރީ ޖަލްސާ އިއްޔެ ނިއުޔޯކްގައި ފެށިއްޖެއެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ވެރިންނާއި، ބޮޑެތި ވިޔަފާރިވެރިންނާއި އަދި ދުނިޔޭގެ މަޝްހޫރު ވަރަށް ގިނަ މީހުން ބައިވެރިވިއެވެ.

ނިއުޔޯކުގައި މިމަހުގެ 22 އިން 25 އަށް ހިނގަމުންދާ ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވްގައި، މިއަހަރު މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެވޭނީ، މޫސުމަށް އަންނަ ބަދަލުތަކާއި މިކަން ހައްލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނެވެ.