2022 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަން މިގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއް ފުރަތަމަ ހުޅުވުނު ދުވަހަކީ، އޮކްޓޫބަރު މަހެއްގެ 3 ވަނަ ދުވަސްކަމަށްވާތީއާއި، ޤައުމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް މިހާތަނަށް ވަކި ދުވަހެއް ކަނޑައަޅުއްވައިފައި ނުވާތީއާއި، ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.