އ.ދ. މަޖިލީހުގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނު އ.ދ.ގެ ޢާންމު ބައްދަލުވުމުގައި އެމަނިކުފާނު ތަޤްރީރު ކުރައްވާނެއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، އައޯސީސް ކްލައިމެޓް ޗޭންޖް ސަމިޓުގަޔާއި، އަދި ޔޫ.އެން. ކްލައިމެޓް ޗޭންޖް ސަމިޓުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހަވީރު މުލީއާގޭގައި ބޭއްވެވި ޕްރެންސް ކޮންފަރެންސެއްގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާބެހޭ އިތުރު މަޢްލޫމާތު މީޑިއާއަށް ދެއްވިއެވެ.