ސިޔާސީ މަގާމުތަކާއި، އޭގެ ދަށުގެ އެހެން މަގާމުތަކުގެ މުސާރަ ކުޑަކުރެއްވުމަށް ސަރުކާރުން ނިންމެވި ސަބަބުތަކުގެ އިތުރު ތަފްޞީލު މާދަމާގެ ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދެއްވާނެއެވެ. އަދި މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކުރައްވައި، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލެއްވުމަށް ހޮނިހިރު ދުވަހު އާރަށުގައި ބާއްވަވާ ކޮންފަރެންސްގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

މީގެއިތުރުން، ދިވެއްސަކު އެޗް.ވަން.އެން.ވަން އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެކަމާ ގުޅިގެން އަޅަންވީ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރޭޑިއޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.