މިއަދަކީ ރާއްޖޭގެ ދަނޑުވެރިންގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި މިރޭ ބާއްވަވާ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު ނިލަންދުއަށް ވަޑައިގެންފިއެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ އޮންނާނީ، މިރޭ 8.30 ގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.