بســم اللّـه الرّحمـن الرّحيــم

الله سبحانه وتعالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ރުއްސުންލެއްވި ކައުއިތުރު ނަބިއްޔާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.

އާދެ، މިއަދު މި ހުޅުވޭ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް، ނައިފަރަށާއި މި އަތޮޅަށް އަދި މި މަރުކަޒުގެ އެހީ ލިބިގަންނަން އެދޭ ކޮންމެ މީހަކަށް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް އުއްމީދުކުރަމުން، މި ހުޅުވޭ މަރުކަޒުގެ ސަބަބުން، މި ރަށުގަޔާއި، މި އަތޮޅުގެ ޞިއްޙަތުގެ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދާނެކަމަށް އުއްމީދުކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.