ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ، އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ނިއުދިއްލީއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ސްޕެޝަލް އެންވޯއި އިންޑިޔާއަށް މިކުރައްވާ ދަތުރުފުޅުގައި، އިންޑިޔާ ސަރުކާރުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގަންނަވައެވެ.