ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި، ޝަންގްރިއްލާސް ވިލިނގިލި ރިޒޯޓް އެންޑް ސްޕާއަށް މިރޭ އެމަނިކުފާނު ޒިޔާރަތް ކުރައްވައި އެ ރިޒޯޓުގައި އޮންނަ ޙަފްލާއެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އައްޑުއަތޮޅުގެ ރަށްރަށަށް ވަޑައިގެން، އެރަށްރަށުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ސަރުކާރުން އައްޑުއަތޮޅުގެ ތަރައްޤީއަށް ހިންގަވާ މަޝްރޫޢޫގެ ކަންތައްތަކުގެ މަޢްލޫމާތު، އެބޭފުޅުންނާ ހިއްސާ ކުރައްވާނެއެވެ.