މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހިންގަވާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރެއްވުމަށްޓަކައި، ތިރީގައި މިވާ ލޯގޯއާއި ޝިޢާރު، ކަނޑައަޅުއްވައިފި ކަމަށާއި، އެ ލޯގޯއާއި ޝިޢާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ނިންމަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލޯގޯ
Logo (main)
ޝިޢާރު
[ގެވެށި އަނިޔާ ހުއްޓުވާނަން]
އިނގިރޭސި ބަހުން މި ޝިޢާރު ބޭނުންކުރައްވާނީ، ތިރީގައި މިވާ ގޮތަށް ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"Prevent domestic violence"
ވީމާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ހިންގަވާ ޤައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިޢާރު، 2020 ޑިސެންބަރު މަހުގެ 1 ވާ އަންގާރަ ދުވަހުން ފެށިގެން، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި، ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެކަމެއް އޮޅުންފިލުއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަސްމީ ސިޓީތަކާއި، ނޯޓުތަކުގައި މި ލޯގޯއާއި ޝިޢާރު ޖައްސަވާނެގޮތުގެ ނަމޫނާ، މި ދެންނެވުމާ އެކުގައި މިވަނީއެވެ.