މިނިސްޓަރ އޮފް ހެލްތުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެ މަނިކުފާނު ހެލްތު މިނިސްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ އޯގަސްޓު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާ ހަވާލުކުރައްވާފައެވެ.