1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މި އަހަރުގެ ރަމަޟާން މަސް ފެށުނީ، މި އޮފީހުގެ ނަންބަރު 11/2020 (17 އެޕްރީލް 2020) އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށް ވާތީ، ރަމަޟާންމަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން، ރަސްމީ މަސައްކަތްކުރުމުގައި އެ ދެންނެވުމުގައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.