އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އައްޑުއަތޮޅު ހިތަދޫ ރަންފަސް ޙަސަން ލުޠުފީގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަނބުރާ ގެންނަވައިފިއެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އިޢުލާނު ކުރެއްވުމާ ގުޅިގެން އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ބޭފުޅެއް ކަމަށްވާ އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ރަންގިރިޓީގޭ އިބްރާހީމް ރަޝީދު އަބޫބަކުރުގެ ނަންފުޅު، ޙަސަން ލުޠުފީގެ ނަންފުޅުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.