ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް، ހދ.ކުޅުދުއްފުށި، މާވިނަ، އަޙްމަދު ޢާޠިފް ޢައްޔަނު ކުރައްވައިފިއެވެ.

އަޙްމަދު ޢާޠިފްމީގެ ކުރިން ހުންނެވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ ކައުންސިލަރެއްގެ މަޤާމުގައެވެ. އަޙްމަދު ޢާޠިފް ކުރިން ވަނީ އެ ކައުންސިލުގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ.

އަޙްމަދު ޢާޠިފް އަންނަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސް އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ. އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެވިޑް ކޮލެޖުން ގްރެޖުއޭޓް ޑިޕްލޮމާވެސް އަޙްމަދު ޢާޠިފް ވަނީ ޙާޞިލުކުރައްވާފައެވެ.