ރައީސުލްޖުމްހޫރިއްޔާ،ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް މި އޮފީހުގެ ނަންބަރު 2019/4 (21 ޖަނަވަރީ 2019) ގެ ދެންނެވުމުން ހަމަޖައްސަވައިފައިވާތީ، ރައްޔިތުންގެ މަޖިލީހަށް މި އަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމަށްވާ 2020 ފެބުރުވަރީ 3 ވާ ހޯމަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.