ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިވެހި ކޮންސިއުލޭޓަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް އެތަނުން މަރުހަބާ ދެންނެވީ ކޮންސިއުލޭޓުގެ ޑެޕިއުޓީ ކޮންސުލް އިބްރާހީމް ސަޢީދު މުޙައްމަދެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި ކޮންސިއުލޭޓުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި ކޮންސިއުލޭޓުން ދިވެހިންނަށް ފޯރުކޮށްދެއްވާ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ހޯއްދަވައި އެތަނުގެ އިސްވެރިންނާ މަޝްވަރާކުރެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ކޮންސިއުލޭޓުގެ އިމާރާތް ބައްލަވައިލައްވާފައެވެ.