ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސަދަން ޔުޓިލިޓީޒް ލިމިޓެޑާއި، ގަން އެއަރޕޯޓް ކަމްޕެނީ ލިމިޓެޑާއި، ހިތަދޫ ޕޯޓްސް ލިމިޓެޑް އުފައްދަވައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައްވައިފިއެވެ.
ސަދަން ޔުޓިލިޓީޒް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އައްޑުއަތޮޅު ފޭދޫ ޝަބްނަމީގޭ މުޙަންމަދު ޙަސަނާއި، ފުވައްމުލަކު ހިމާލިޔާ އަޙްމަދު މުޙަންމަދާއި، އައްޑުއަތޮޅު މަރަދޫ ރިޔާ އަލްފާޟިލް އަޙްމަދު ޢަސީފާއި، ފުވައްމުލަކު ގަންޖާމިގޭ ޢަބްދުﷲ މިއާދާއި، އަދި އައްޑުއަތޮޅު ހިތަދޫ ޒަމާނީގޭ ޙުސައިން ޝާހިދެވެ.
ގަން އެއަރޕޯޓް ކަމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އައްޑުއަތޮޅު ހިތަދޫ ކެކްޓަސް އަޙްމަދު ނަޞީރާއި، އައްޑުއަތޮޅު ހިތަދޫ ނިއު ޗޮއިސް ޒާހިދު މުޙަންމަދާއި، އައްޑުއަތޮޅު ހިތަދޫ ފްރީޑަމް މުޙަންމަދުދީދީ އާއި، ފުވައްމުލަކު ފިނިފެންމާގޭ މުރާދު ޙަސަނެވެ.
ހިތަދޫ ޕޯޓްސް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އައްޑުއަތޮޅު ހިތަދޫ ޝައުލާ އަޙްމަދު މުޙަންމަދުދީދީ އާއި، އައްޑުއަތޮޅު ހިތަދޫ ޑޯސް ޢަބްދުއްސައްތާރު ޢަލީ އާއި، އައްޑުއަތޮޅު ހިތަދޫ ތޫނޑެއެޅެގޭ ޝައިބާ އަނީސެވެ.