ތިން ރަށެއްގެ ކައުންސިލަރު ކަމުގެ މަގާމަށް ރައީސް މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވީ، މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލަރގެ މަގާމަށް ފޯކައިދޫ ފިނިވާގޭ އަލްފާޟިލް ޙުސައިން ފަރީދާއި، އައްޑުއަތޮޅު ހުޅުދޫ ކައުންސިލަރގެ މަގާމަށް ހުޅުދޫ ކަޅުމަގިގޭ އަލްފާޟިލް އިބްރާހީމްދީދީ އާއި، އައްޑުއަތޮޅު މީދޫ ކައުންސިލަރގެ މަގާމަށް މީދޫ ކަށިމާވިލާ އަލްފާޟިލް ޙަސަން ޝާހިދެވެ.