ދެއަތޮޅެއްގެ ކައުންސިލަރުގެ މަގާމަށާއި، ބައެއް ރަށްރަށުގެ ކައުންސިލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ.

މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި އަތޮޅުތަކާއި ރަށްރަށެވެ.

1. އަރިއަތޮޅު ދެކުނުބުރީ ކައުންސިލަރުގެ މަގާމަށް މައްޗަންގޮޅީ ވެލަނބުލިގޭ އަލްފާޟިލް އިބްރާހީމް މަޢްމޫރު.

2. ފުވައްމުލަކު އަތޮޅު ކައުންސިލަރުގެ މަގާމަށް ފުވައްމުލަކު އެއްގަމިގޭ އަލްފާޟިލް ޙަސަން ސަޢީދު.

3. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލަރުގެ މަގާމަށް ދިއްދޫ ގަލްފް އަލްފާޟިލް މުޙަންމަދު ޝަރީފް.

4. ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލަރުގެ މަގާމަށް ބާރަށު ގޯލްޑް ހައުސް އަލްފާޟިލް ޢަލީ ޝަމީމް.

5. މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލަރުގެ މަގާމަށް މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3034 އަލްފާޟިލް ޢަދުނާން އިބްރާހީމް.

6. އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލަރުގެ މަގާމަށް އުކުޅަހު އުދަރެސް އަލްފާޟިލް ޝައުކަތު އިބްރާހީމް.

7. ކޮޅުމަޑުލު ކިނބިދޫ ކައުންސިލަރުގެ މަގާމަށް ކިނބިދޫ އަތަގަސްދޮށުގޭ އަލްފާޟިލް މުޙަންމަދު ނަސީމް.

8. ފުވައްމުލަކު ކައުންސިލަރުގެ މަގާމަށް، ފުވައްމުލަކު ރަތަމަލާނާ އަލްފާޟިލް ޢަލީ ވަސީމް ޙުސައިނާއި، ފުވައްމުލަކު ޝޭޑީ ރެސްޓް އަލްފާޟިލް ޢަލީ ސަޢީދާއި، ފުވައްމުލަކު ހަނީމޫން އަލްފާޟިލް މުޙަންމަދު

ޝުޖާޢު އާއި، ފުވައްމުލަކު މާގާ އަލްފާޟިލް މާޒިފް އަޙްމަދާއި، ފުވައްމުލަކު މަހިލަބުމާގޭ އަލްފާޟިލް އަޙްމަދު މުޖުތަބާ އާއި، ފުވައްމުލަކު ފެހިއަލި އަލްފާޟިލް އިބްރާހީމް ފިކުރީ ޙުސައިނާއި، ފުވައްމުލަކު ފީރޯޒުގޭ އަލްފާޟިލް ޙަސަން މުޠީޢު އާއި، ފުވައްމުލަކު ފިނިހިޔާ އަލްފާޟިލް އިބްރާހީމް ޢާޤިސް މުޙަންމަދު.