މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ނާއިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް އިސްކުރެއްވީ، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ރޯޝަނީވިލާ އަލްފާޟިލް މުޙަންމަދު ފާއިޒެވެ.

މީގެއިތުރުން، ދެރަށެއްގެ ކައުންސިލަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވި ދެބޭފުޅުންނަކީ، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަރުގެ މަގާމަށް ފަރެސްމާތޮޑާ ގާޑަންވިލާ އަލްފާޟިލް އަޙްމަދު އިމްތިޔާޒާއި، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލަރުގެ މަގާމަށް ރަތަފަންދޫ ބާދަލް އަލްފާޟިލް ފަތުޙުﷲ ބަޝީރެވެ.