”ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް“ގެ ނަން ”ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް“ގެ ނަމަށް ބަދަލުކުރައްވައި، ”ސިވިލްއޭވިއޭޝަން ޑިޕާޓްމަންޓް“ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިދާރާއެއް އުފައްދަވައިފިއެވެ.

އެޓަރނީޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދިޔަ ”ޑިޕާޓްމަންޓް އޮފް ޖަސްޓިސް“ ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ. އަދި ”ނޭޝަނަލް ލޯ ލައިބްރަރީ“ ބެލެހެއްޓެވުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.