8 ރަށެއްގެ ކައުންސިލަރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިދަންނަވާލަނީ ކައުންސިލަރުގެ މަގާމަށް އިސްކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން އިސްކުރެއްވި ރަށްރަށެވެ.

1. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލަރުގެ މަގާމަށް މިލަންދޫ ރޯޒްލޭންޑް އަލްފާޟިލް ޢަބްދުﷲ ފާއިޒު ޙަސަން.

2. މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލަރުގެ މަގާމަށް އޭދަފުށީ ލައިޓް ހައުސް އަލްފާޟިލް މުޙަންމަދު ޙަބީބް.

3. މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލަރުގެ މަގާމަށް ގޮއިދޫ މާއޮޅު އަލްފާޟިލް މުޙަންމަދު ޢާމިރު.

4. މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލަރުގެ މަގާމަށް ފުޅަދޫ ލިލީމާގޭ އަލްފާޟިލް މުޙަންމަދު މަޢްރޫފް.

5. މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލަރުގެ މަގާމަށް ފެހެންދޫ ދޮރުކަނޑު އަލްފާޟިލް ޢަބްދުﷲ ޝާމް.

6. މާލެއަތޮޅު ގުރައިދޫ ކައުންސިލަރުގެ މަގާމަށް ގުރައިދޫ ސެމްރޮކް އަލްފާޟިލް ޢަބްދުލްހާދީ ޙުސައިން.

7. ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލަރުގެ މަގާމަށް ބިލެތްދޫ މޫސަލް އަލްފާޟިލް މޫސާ އިސްމާޢީލް.

8. ހައްދުންމަތީ ކަލައިދޫ ކައުންސިލަރުގެ މަގާމަށް ހައްދުންމަތީ އިސްދޫ ގަދަގޭ އަލްފާޟިލް ޙުސައިން ޚަލީލު.