ސްރީލަންކާގެ ވާދަވެރި ޕާޓީ، ޔޫ.އެން.ޕީ.ގެ ލީޑަރ ރަނިލް ވިކްރަމަސިންހަ، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ސްރީލަންކާގެ އެހީގައި ރާއްޖޭގެ އާސާރީ ބައެއް ތަންތަން ރައްކާތެރި ކުރެއްވުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.