ދެމިނިސްޓްރީއެއްގެ މިނިސްޓަރުގެ ނާއިބު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވި ދެބޭފުޅުންނަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބު ކަމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢަބްދުﷲ ނަޒީރާއި، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނާއިބު ކަމަށް ހެންވޭރު ނިއުހެވަން އަލްފާޟިލާ އާމިނަތު ޢަލީއެވެ.