ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު މެންދުރެއްހާއިރު އެއަތޮޅު ވިލުފުށްޓަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިލުފުށްޓަށް ވަޑައިގެން، ވިލުފުށި ބިނާކުރުމަށް ބްރިޓިޝް ރެޑްކްރޮސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތައް ބައްލަވާލައްވައި، އެކަމާބެހޭ މަޢްލޫމާތު ހޯއްދެވިއެވެ. އަދި ވިލުފުށީގެ މަސައްކަތްތައް ހިނގަމުންދާގޮތުގެ ޕްރެޒެންޓޭޝަނެއް، ރެޑްކްރޮސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިލުފުށްޓަށް މިކުރެއްވި ދަތުރުފުޅުގައި، ވިލުފުށީގައި އަޅަމުންގެންދާ ގެތަކާއި، ވިލުފުށީ މިސްކިތާއި، އިންޖީނުގެއާއި ސްކޫލް ބައްލަވާލެއްވިއެވެ.