ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތުރާކުނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ތުރާކުނު ސްކޫލަށާއި ޞިއްޙީ މަރުކަޒަށާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ޙާލަތު ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތުރާކުނަށް ކުރެއްވި މި ޒިޔާރަތުގައި އެރަށުގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރަށަށް އެންމެ ދަތިވެފައިވާ ކަންކަމުގެ މަޢުލޫމާތު ކައުންސިލަރުންގެ ފަރާތުން ހޯއްދެވިއެވެ.