ނޯދަން ޔުޓިލިޓީޒް ކުންފުނިންނާއި އެސް.ޓީ.އޯ. އިން އިންޑިޔާގެ ކޮސްމޯސް އިންޓަރނޭޝަނަލް ލިމިޓެޑާއެކު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ނޯދަން ޔުޓިލިޓީޒް ކުންފުންޏާއި ކޮސްމޯސް އިންޓަރނޭޝަނަލް ލިމިޓެޑާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމަކީ ނޯދަން ޕްރޮވިންސަށް ކަރަންޓާއި ގޭހާއި ނަރުދަމާގެ ޚިދްމަތް ދިނުމަށްޓަކައި އިންޑިޔާއިންނާއި އެހެން ފަރާތްތަކުން ލުއި ލޯނު ހޯދައިދިނުމަށް މަސައްކަތް ކުރުމަށާއި، މިކަންކަމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާބެހޭ އެއްބަސްވުމެކެވެ.

އެސް.ޓީ.އޯ އާއި ކޮސްމޯސް އިންޓަރނޭޝަނަލް ލިމިޓެޑާ ދެމެދު ސޮއިކުރެއްވި އެމް.އޯ.ޔޫ.އަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެމް.އޯ.ޔޫ.އެކެވެ.