މިއަދަކީ، ސްރީލަންކާގެ މިނިވަންދުވަސް ކަމަށް ވުމާއެކު، މިއަދުގެ މުނާސަބަތުގައި ސްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަޕަކްސެއަށާއި، ބޮޑުވަޒީރު މިސްޓަރ ރަތުނަސިރީ ވިކްރަމަނަޔަކައަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

މިދެބޭފުޅުންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރަމުންދާ އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް މަހިންދަ ރާޖަޕަކްސެއަށާއި، ބޮޑުވަޒީރު ރަތުނަސިރީ ވިކްރަމަނަޔަކައަށާއި، ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މި މުނާސަބަތުގައި ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލަކަށާއި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.