ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދުއަށެވެ.

މިދަތުރުފުޅުގައި އެރަށްރަށަށް އެމަނިކުފާނު ޒިޔާރަތް ކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާޔަތު ހާމަކޮށްދެއްވާނެއެވެ.