ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ޕާލޭ އެއަރ ސްޓްރެޓަޖީ ތަންފީޒުކުރާ ސްކޫލުތަކަށް، އެކަން ފާހަގަ ކުރުމުގެ ގޮތުން ދޭލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އަދި މި ރަސްމިއްޔާތުގައި މަސްވެރި އުޅަނދުތަކުން ކަނޑުތަކަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވަޢުދުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ވަނީ އަރުވާފައެވެ.