ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް އަލުން މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. މި ބޯޑުގެ ޗެއަރ ޕަރސަނަކަށް ހަމަޖެއްސެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލާ މަރިޔަމް ޙުސައިންދީދީ އެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ ފާޠިމަތު ޝަފީޤާ އާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ޢަބްދުލްޣަފޫރު ޢަބްދުއްލަޠީފާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަލީ ޢާރިފާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ، ކޮމްޕެނީ އެފެއާޒް އަލްފާޟިލް އަޙްމަދު އިފްތިޚާރާއި، ޕްރައިވެޓް ސެކްޓަރގައި އިޤްތިޞާދީ ކަންތައްތަކުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ، ތަޖުރިބާ ހުރި ޤާބިލު ބޭފުޅުންގެ ތެރެއިން ގަލޮޅު ރޯޒަރީ އަލްފާޟިލް ޙުސައިން އިބްރާހީމާއި، މާފަންނު ލަކްސްލިން އަލްފާޟިލް މުޙަންމަދު ރަޝީދެވެ.