ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމަށް ހެންވޭރު މާދިލް އަލްފާޟިލް މުޙަންމަދު ޢާދިލް ސަލީމް އިސްކުރައްވައިފިއެވެ. އަލްފާޟިލް މުޙަންމަދު ޢާދިލް ސަލީމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމުގައެވެ.

މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ ނާއިބު ކަމުގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު ނޫރާނީއާގޭ އަލްފާޟިލް ޢަލީ ނިޔާޒް ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ.

އަދި، ދެމިނިސްޓްރީއެއްގެ މިނިސްޓަރގެ އެޑްވައިޒަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ހަމަޖައްސަވައިފިއެވެ. މިގޮތުން ހަމަޖެއްސެވި ދެބޭފުޅުންނަކީ،
1. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ އެޑްވައިޒަރ ކަމުގެ މަގާމަށް މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް

2. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މިނިސްޓަރުގެ އެޑްވައިޒަރ ކަމުގެ މަގާމަށް ހެންވޭރު ރޯޒްބީމް އަލްފާޟިލް މުޙަންމަދު ޝައިނީ