ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ވަޑައިގަތީ އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށާއި، ރަސްދުއަށާއި، އުކުޅަހަށާއި، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫއަށާއި، ދަނގެއްޗަށާއި، ފެންފުށްޓަށާއި، މާމިގިއްޔަށެވެ.

މިދަތުރުފުޅުގައި، ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން މެދުއުތުރު ސަރަޙައްދަށް ޚާއްޞަ ކުރައްވައިގެން، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި މިއަދު ބޭއްވެވި މަސައްކަތު ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވިއެވެ.