ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީއަށް ކުރައްވާ ދަތުރުފުޅުގައި ވެރިރަށް ރޯމަށް ރޭ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރޯމަށް ވަޑައިގަތީ ރާއްޖޭ ގަޑިން ރޭ 10ޖަހާ އެހާކަންހާއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އިޓަލީގެ ފައޮރމޯންޓޭ ލޯ ފަރމްގެ ފަރާތުން ބޭއްވެވި ފަރިއްކޮޅެއް ރޭ އޮތެވެ. މި ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީއަށް މިކުރައްވާ ދަތުރުފުޅަކީ، ރާއްޖެއަށް އެކިދާއިރާތަކުން ޔޫރަޕްގެ އިތުރު އިންވެސްޓްމަންޓްތައް ހޯއްދެވުމަށާއި، ޔޫރަޕްގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރީގެ މަގުތައް ފަހިކޮށްދެއްވުމަށާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.