ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މާލެ އަތޮޅު ގާފަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ގާފަރުގެ ސްކޫލަށާއި ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް އޮޅުންފިލުއްވައި، އެތަންތަނުގެ މިހާރުގެ ހާލަތު ބައްލަވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގާފަރަށް ކުރެއްވި މި ޒިޔާރަތުގައި ގާފަރުގެ ކައުންސިލް މެންބަރުންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން ގާފަރުގެ ކުނިކޮށްޓާއި، އެރަށުގައި އައިސްޕްލާންޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދަށް އެމަނިކުފާނު ޒިޔާރަތްކުރަށްވައި އެތަންތަންވެސް ބައްލަވައިލެއްވެވިއެވެ.