މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމަށް ދެބޭފުޅަކު އިސްކުރައްވައިފިއެވެ. މިމަގާމަށް އިސްކުރެއްވި ދެބޭފުޅުންނަކީ، މައްޗަންގޮޅީ ނާރެސް އަލްފާޟިލާ އާމިނަތު ޖަމީލާއި، މައްޗަންގޮޅީ ގޮމަށިގޭ އަލްފާޟިލް އަޙްމަދު އަޝީތެވެ.