ޕާކިސްތާނުގެ ހުޅަނގުގެ ސަރަހައްދެއްގައި ހިނގަމުންދިޔަ ޖަނާޒާއަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ގިނަބަޔަކު މަރުވުމާ ގުޅިގެން، ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށް ރައީސް ނަޝީދު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި ޚަބަރު އެއްސެވީ ފުން ހިތާމައާ ކުއްލި ހައިރާންކަމާއެކުގައި ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިރައްޔިތުންނާ، ދިވެހި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަނަންފުޅުގައި ޓެރަރިޒަމްގެ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމުގައިވެސް މިމެސެޖުގައި ވިދާޅުވެފައި ވެއެވެ.