އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެސްކޫލްގެ އިހުގެ ދަރިވަރުންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ އަމިނިއްޔާ ސްކޫލްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން އެކި ދުވަސްވަރު އަމީނިއްޔާ ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން އަމީނިއްޔާ ސްކޫލުން ހުޅުވާލި ލޯގޯ މުބާރާތުން އެއްވަނަ ހާސިލްކުރި ފަރާތަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ބައްދަލުކުރެއްވުގައި އަމީނިއްޔާ ސްކޫލްގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް ރޭވުމާއި ބެހޭގޮތުން ޚިޔާލުފާޅުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.