ރައީސް މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް މިއަދު ހެނދުނު ވަޑައިގެންފިއެވެ. އުތީމުން އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. ރައީސް ނަޝީދު އުތީމަށް މިކުރެއްވި ދަތުރުފުޅުގައި، އުތީމު ގަނޑުވަރާއި ކަނދުވަލު މިސްކިތް ބައްލަވާލެއްވިއެވެ. އަދި ބޮޑުތަކުރުފާނުގެ އިސްތަށިފުޅަށް ބާރަށު ބުޅާފާތުމާގެ ރެހެންދި ގޮންޖެހި މަންޒަރު ދައްކާލުމުގެ އައިޓަމެއްވެސް ރައީސް ބައްލަވާލެއްވިއެވެ.